ދުނިޔޭގެ ވިޔަފާރި

އޭޝިޔާ ބޮޑެތި އިޤްތިޞާދުތައް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ


އޭޝިޔާގެ ބޮޑެތި ޤައުމުތަކުގެ މެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުވަންދެން މަޝްވަރާކުރެވުމުންދިޔަ މި އެއްބަސްވުމުގައި އާސިއާންގެ 10 ޤައުމަކުން ސޮއިކުރާއިރު، އޭގެތެރޭގައި ޗައިނާ، ޖަޕާން، ސައުތު ކޮރެޔާގެ އިތުރުން އޮސްޓްރޭލިއާއާއި ނިއުޒިލެންޑްވެސް ހިމެނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރާ ޤައުމުތަކަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އާބާދީ ހިއްސާ ކުރާ ޤައުމުތަކެވެ. އަދި ދުނިޔޭގެ ޖީޑީޕީގެ 29 އިންސައްތަ މިޤައުމުތަކުން ހިއްސާކުރެއެވެ.

އޭޝިޔާގެ ބޮޑެތި ޤައުމުތަކުގެ މެދު ޤާއިމްކުރާ މި އެއްބަސްވުމަކީ، އެމެރިކާ، މެކްސިކޯ، ކެނެޑާއިން ޤާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަށްވުރެ ބޮޑު އެއްބަސްވުމެއްކަމަށް ޚަބަރުތައް ބުނެއެވެ. އޭޝިޔާ ޤައުމުތަކުން ޤާއިމްކުރުމަށް މަސައްކަތްކުރާ އެއްބަސްވުމުގައި އިންޑިއާއިންވެސް ބައިވެރިވާން ކުރިން ހުށަހެޅިއެވެ. ނަމަވެސް އެޤައުމުން ފަހުން ވަނީ އެނިންމުން އަނބުރާ ގެނެސްފައެވެ.

ޚަބަރުތައް ބުނާގޮތުން "ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕްގެ ނަން ދެވިފައިވާ މިއެއްބަސްވުމުގައި ސޮއިކުރާނީ ހަފްތާ ބަންދުގައި އޮންލައިންކޮށް ބާއްވާ އާސިއާން ކޮންފަރެންސް ތެރެއިންކަމަށެވެ.

މިއެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުން ނަގާ ޓެރިފްތައް ކުރިއަށްއޮތް 20 އަހަރުދުވަހުގެ ތެރޭގައި ކުޑަކޮށް، ނުވަތަ އެއްކޮށް އުވާލުމެވެ.