ޚަބަރު

ރައީސްގެ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަހުޤީޤް ކުރަންފަށައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީންގެ ދެކަނބަލުން ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި
ހާދިސާ ތަޙްގީކުރުމަށް ބޭރުގެ ބައެއް ގައުމުތަކުގެ އެހީތެރިކަމަށް
އެދިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްގެ ގޯތިތެރޭގައި މީޑިއާއަށް
މަޢުލޫމާތުދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު
ވިދާޅުވީ، ރައީސް އިންނެވި ލޯންޗުގައި މިއަދު ހިނގި ހާދިސާ ފުލުހުންނާއި ސިފައިން
ގުޅިގެން ތަޙްގީގްކުރަމުން އަންނަކަމަށާއި، މިވަގުތު އެހީތެރިކަމަށް އެދިފައިވާނެ
ދެގައުމަކީ އެމްރިކާ އާއި އޮސްޓްރޭލިއާ ކަަމަށެވެ. އެގޮތުން އެމެރިކާގެ އެފްބީއައި އަދި އޮސްޓްރޭލިއާގެ ފުލުހުންގެ އެހީއަށް އެދިފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހާރުވެސް ރައީސް ދަތުރުކުރެއްވި ލޯންޗުކޮޅުގައި ފުލުހުންގެ ފޮރެންސިކް ޓީމުން
ހަރަކާތްތެރިވަމުން އަންނަކަން ހަމްދޫން ފާހަގަ ކުރެއްވިއެވެ. އަދި މި ހާދިސާ
ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް
ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް ހަމްދޫން ދިދާޅުވިއެވެ.

މިއީ ފުލުހުން ތަހްގީގް ކުރަމުންދާ ހާދިސާއެއްކަމުން މިޙާދިސައާއި ގުޅޭ އިތުރު
ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.