ޚަބަރު

ސުޕަމޫން އިކްލިޕްސް ރާއްޖޭގެ ގިނަ ބަޔަކު ބަލައިފި

33 އަހަރަށްފަހު ދުނިޔެއާއި އެންމެ ކައިރިން ހިފާ ހަނދު ކޭތަ، ސުޕަރމޫން އިކްލިޕްސް ނުވަތަ ބޮޑު ހަނދުކޭތަ މިރޭ ފަތިހު 5:11ގައި ހިފައިފިއެވެ.މިއީ 1982 ވަނަ އަހަރަށްފަހު ސުޕާރމޫން އިކްލިޕްސެއް ނުވަތަ ބޮޑު ހަދުކޭތައެއް ދުނިޔެ މައްޗަށް ފެންނަ ފުރަތަމަ ފަހަރެވެ. މިއާދަޔާ ޚިލާފު ކަމަކީ މިދިޔަ ޤަރުނުގައި އެންމެ 5 ފަހަރު ހިނގާފައިވާ ކަމެކެވެ. ދެން މިފަދަ އިތުރު ކޭތައެއް ފެންނާނެ ކަމަށް ލަފާކުރެވެނީ 2033 ވަނަ އަހަރު ކަމަށް ސައިންސްވެރިން ބުނެއެވެ.މިކޭތަ 70 މިނެޓަށް ފުރިހަމަކަމާއެކު ފެނިގެންދާއިރު، ކޭތަ އެންމެ ފުރިހަމަކޮށް ފެނިގެންދާނީ ދެކުނު އަދި އުތުރު އެމެރިކާ، ޔޫރަޕް، އެފްރިކާ އަދި ހުޅަނގު އޭޝިޔާގެ އިތުރުން އިރުމަތީ ޕެސިފިކްގެ ބައެއް ސަރަހައްދުތަކަށް ކަމަށް ނާސާއިން ބުނެއެވެ.މިކޭތަ ހިފާ ވަގުތަކީ ހަނދު ދުނިޔެއާ ވަރަށް ގާތަށް އަންނަ ވަގުތުކޮޅެއް ކަމަށްވެސް ނާސާއިން ހާމަކުރެއެވެ. މިގޮތުން އާއްމުކޮށް ހަނދު ހުންނަ ދުރުމިނަށްވުރެ ދުނިޔެއާ ގާތަށް އަންނާނެ ކަމަށް ނާސާއިން ބުނެއެވެ. އަދި ދުނިޔެއިން ހަނދު ފެންނަން ހުންނަވަރަށްވުރެ ސާދަ ގުނަ ބޮޑުކޮށް އަދި ތިރީސް ގުނަ އަލިގަދަކޮށް މިރޭ ހަނދުކޭތަ ހިފާ ވަގުތުގައި ހަނދު ފެންނަން ހުންނާނެ ކަމަށްވެސް ނާސާއިން ޚަބަރުދެއެވެ.މިރޭ ހިފާ ކޭތަ އެންމެ ސާފުކޮށް ފެންނާނީ އުތުރު އެމެރިކާއާ ދެކުނު އެމެރިކާއާ ވިލާތުގެ ބައްރުގެ ގައުމުތަކަށް ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. މި ކޭތަ 5 ގަޑިއިރާއި 11 މިނެޓަށް ދެމިގެންދާނެއެވެ.މީގެ ތެރެއިން އެއް ގަޑިއިރާއި 11 މިނެޓު ވަންދެން ދުނިޔެއަށް ފުރިހަމަ ހަނދު ކޭތައެއް ފެނިގެންދާނެއެވެ. ރާއްޖެއަށް ކޭތަ ހިފާފައިވާތަން ފެންނާނީ ކުޑަ ވަގުތުކޮޅަކަށެވެ.އެމެރިކާ އާއި ކެނެޑާ އާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކަށާއި ދެކުނު އެމެރިކާގެ ޤައުމުތަކަށް ބަލާއިރު "ސުޕަރމޫން"ގެ މި ފުރިހަމަ ހަނދު ކޭތަ ހިފާ ވަގުތަކީ އެ ގައުމުތަކަށް ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 7:11 ގައެވެ. ވިލާތުގެ ގައުމުތަކާ ހިސާބުން އިރަށް ހުރި ގައުމުތަކަށް ސެޕްޓެންބަރު މަހުގެ 28 ފެށުމަށް ފަހުގައެވެ. ކޭތަ ހިފަނީ ހަނދާއި ދުނިޔެއާ އިރު ދައުރުކުރާ އިރު މަގު ހުރަސްވެ، އެކަތީގެ ހިޔަނި އަނެކައްޗަށް އެޅުމުންނެވެ. ރާއްޖެއަށް މިރޭ ފަތިހު މި ފެންނަ ކޭތައަށް ސުޕަރ ބްލަޑް މޫން އާއި، ބްލަޑް މޫންގެ ނަމުން ނަންދީފައިވެއެވެ. އެއީ، މިކޭތަ ހިފާއިރު ހަނދުގެ ކުލަ ރަތްކުލައަކަށް ބަދަލުވެގެން ދާތީއެވެ. ކޭތަ ހިފާ ވަގުތު، ހަނދު ރަތްކުލައިގައި ފެންނަނީ ދުނިޔޭގެ ހިޔަނީގެ ތެރެއަށް ހަނދުވަދެގެންދާ އިރު، އިރުގެ ދޯދިތައް ހަނދަށް އެޅިފައިވާ ގޮތުގެ ސަބަބުންނެވެ.ހަނދު ކޭތައެއް ހިފާއިރު، ޖުމްލަ 12 މަރުހަލާއެއް ކަޑައްތު ކުރާނޭ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ހުރިހާ މަރުހަލާއެއް އެންމެ ސާފުކޮށް އެމެރިކާގެ ބައްރުތަކަށް ފެންނާނޭ ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ.ރާއްޖެއަށް މި ކޭތަ ފެންނާން ފަށާނީ މިރޭ ފަތިހު 5:11 ގައެވެ. ރާއްޖެއަށް މި ކޭތަ އެންމެ ބޮޑަށް ފެންނާނީ ފަތިހު 5:45ގައެވެ. އަދި މި ކޭތަ 5:51 ގައި ހަނދު އޮއްސެންދެން ފެންނަން ހުންނާނެއެވެ.މިގޮތަށް ދުނިޔެއާއި ހަނދު ކައިރި ވުމުން ދިޔަވަރު ބޮޑުވެއެވެ. މި ގޮތަށް ދިޔަވަރު ބޮޑު ވަނީ ރާޅު ބޮޑު މޫސުމެއްގައި ނަމަ އުދަ އެރުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. އެހެން ފަހަރު ފަހަރަށް ވުރެ ބޮޑަށް ބިމާއި ކައިރިއަށް ހަނދު މި ފަހަރު އަންނާތީ ލޮނުގަނޑު އުސްވުމުގެ ފުރުސަތު ވެސް މި ފަހަރު ބޮޑެވެ.