ޚަބަރު

އިތުރު 30 މީހުން ޕޮޒިޓިވްވެފައި ވާއިރު، 25 މީހަކު މިއަދު ބަލިން ރަނގަޅުވި


ރާއްޖެއިން މިއަދު 30 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 15 ބިދޭސީންނެވެ. އަދި މިއަދު މާލެ ސަރައްދުން 15 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިންވެސް ޕޮޒިޓިވްވެފައިވަނީ، 15 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 11،962އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ތިބީ 845 މީހުންނެވެ. މިއަދު 25 މީހުން ބަލިން ރަނގަޅުވި އިރު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ، 11،066 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް 19އަށް ހޮސްޕިޓަލްތަކުގައި މިވަގުތު ފަރުވާދެމުންދަނީ 50 މީހުންނަށެވެ. އަދި 217 މީހުން އެކި ފެސިލިޓީތަކުގައި ވަނީ އައިސޮލޭޓްކޮށްފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 39 މީހަކު ވަނީ މަރުވެފައެވެ.