ޚަބަރު

އައްޑޫ ސިޓީއިން 17 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި


އައްޑޫ ސިޓީއިން 17 މީހުންނާއިއެކު، ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ގއ. އަދަހަމާގަލާ ކިޔާ ފަރަކަށް އަރައިފިއެވެ.ރޭ ފަތިހު ހިނގި މިހާދިސާގައި ފަރަށް އަރާފައިވަނީ "ސްޕީޑް" ނަމަކަށްކިޔާ ބޯޓެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައި ނުވާކަމަށާއި، މިހާތަނަށް ބެލި ބެލުމުން މި ބޯޓުން ދަތުރުކުރީ 10 ފަޅުވެރިންނާއި 2 ބީދޭސީންނާއި 5 ދިވެހިންކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހުންގެ ތެރެއިން އަންހެނަކާއި 2 ކުދިންގެ އިތުރުން 2 ބިދޭސީންނާއި އިތުރު 2 ދިވެހިން ފުލުހުންގެ ލޯންޗުގައި ރައްކާތެރިކަމާއެކު ގއ. ކޮނޑޭ އަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:40 އެހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައުލޫމާތު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުން މި ބޯޓު ކައިރިއަށްގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުނެއެވެ.މި ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓުގެ ފަޅުވެރިންނާއި އެހެނިހެން ފަރާތްތަކާއެކު މިހާރު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.