ޚަބަރު

ހުރާއިން ފުރައިގެން މާލެއަށް ދަތުރުކުރި ފެރީ ހުއްޓިއްޖެ


120 މީހުންނާއެކީ ކ. ހުރާއިން ފުރައިގެން
މާލެއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން
އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީފުން މައުލޫމާތު ދީފައިވާ ގޮތުގައި  ހުރާއިން ފުރައިގެން
ދަތުރުކުރަމުން ދަނިކޮށް '' ދިރާސާ 2 '' ނަމަކަށް ކިޔާ ދޯނިއެއް ފުލްމޫން ރިސޯޓް
ކައިރިން އިންޖީނު ހުއްޓިގެން ކޯސްޓްގާރޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާ އެހާކަން ހާއިރު ކަމަށެވެ. އެ ޙާދިސާގެ މައުލޫމާތު ލިބުމާއެކު
އެސަަރަޙައްދަށް ކޯސްޓްގާރޑް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާ
ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

 އިންޖީނު ހުއްޓުނު ވަގުތު ދޯނީގައި
ތިބި 120 މީހުންގެ ތެރެއިން 48 މީހަކު އެމްއެންޑީއެފް ކޯސްޓްގާރޑް ހާބަރ ކްރާފްޓް
ލޯންޗުގައި މާލެ ގެނެސްފައިވާާއިރު، އިންޖީނު ހުއްޓުނު ދޯނި އެހެން ދޯންނެއްގައި ކަފު ޖަހައިގެން
މިހާރު މާލޭ މަސްކާރުކޭޓަށް ވައްދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.