ޚަބަރު

އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލާގައި 49އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި


މެދުރާއްޖެތެރޭ އަތޮޅެއްގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައިހުރެ ޖިންސީ ގޯނާކުރި މައްސަލައިގައި 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މ، ފ، އަދި ދ، އަތޮޅުގައި ހިމެނޭ ރަށެއްގައި ޢުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް އިތުރުބާރުކުރެވޭ މަގާމެއްގައި ހުރި ޖިންސީގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހުގައެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންބަލައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މިއަދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލައިގައި ގިންސީގޯނާގެ ޝިކަރައަކަށްވި 13 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ދޮންބައްޕައެވެ.