ވިޔަފާރި

ހިލޭ ބޯނަސް ޑޭޓަރ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި


އަޟްޙާ
ޢީދާއި ގުޅުވައިގެން %50 ހިލޭ ބޯނަސް ޑޭޓަރ ލިބޭ ޕްރޮމޯޝަނެއް
އުރީދޫއިން ފަށައިފިއެވެ.



އުރީދޫއިން
ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، އުރީދޫގެ
ކޮންމެ ޑޭޓަރ ޕެކޭޖެއް އެކްޓިވޭޓް ކުރުމުންވެސް، އެކްޓިވޭޓް ކުރެއްވި އަދަދެއްގެ %50 ބޯނަސް ޑޭޓަރ މުޅިން ހިލޭ ލިބޭނެ ކަމަށެވެ.



އަދި
މި މުއްދަތުގައި މައި އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ ކޮންމެ ރީޗާރޖް އަކަށް،
%35 އާއި ހަމައަށް ހިލޭ ބޯނަސް ކްރެޑިޓް ލިބިގެންދާނެ ކަމަށާއި އަދި މިމަހުގެ 30 ނިޔަލަށް ބައްލަވައިގަންނަވާ ކޮންމެ އުރީދޫ 4G މޮޑެމް އަކާއި
އެކު 2GB މުޅިން ލިބޭ ލިބިވަޑައިގަންނަވާނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.



މީގެ
އިތުރުންވެސް އުރީދޫއިން ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް މިނެޓަކު އެންމެ
1.88 ލާރިއަށް ސައުދީއަށް ގުޅޭ ގޮތްވެސް ހަދާފައެވެ. މި ޙާއްސަ
އޮފަރ ބޭނުން ކުރެއްވުމަށް، 966+ އަދި 011+ ބޭނުން ކޮށްގެން ފަސޭހަކަމާއި އެކު ހެޔޮ އަގުގައި ސައުދީއަށް ގުޅޭލެވޭނެ ކަމަށް
އުރީދޫއިން ހާމަކުރެއެވެ.