ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 މީހަކު މާލެ ގެނެސްފި


އައްޑޫ ސިޓީގައި ރޭ ހިނގި
2 އެކްސިޑެންޓެއްގައި 6 މީހަކަށް އަނިޔާވެ 2 މީހަކަށް އިތުރު ފަރުވާ ދިނުމަށް
މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެެފިއެވެ.



 ފުލުހުން
ބުނީ، އައްޑޫ ސިޓީގައި ރޭ ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ މަރަދޫ އޯކިޑު
މަގުގައި 2 ސައިކަލް ޖެހިގެން ކަމަށެވެ. އަދި ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ
ލިންކް ރޯޑުގައި ހުންނަ ރޯޔަލް ޕެލަސް ރެސްޓޯރެންޓު ކައިރީގައި ކަމަށެވެ.

މި ދެ
އެކްސިޑެންޓުގައި 6 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ ހިތަދޫ ރީޖަނަލް
ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.