ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި


ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރީ 28އަހަރުގެ ބިދޭސީ އަންހެނެއްކަމަށެވެ. މި އަންހެން މީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އޭނާއާއި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިގޮތަށް ސިފަ ވައްތަރު ފޮޓޯ ބޭނުންކޮށްގެންނާއި، އަދި ޕާސްޕޯޓް ނަކަލުކޮށް މަޢުލޫމާތު އޮޅުވާލައިގެންވެސް ގިނަ ބަޔަކު ރާއްޖެ އެތެރެވާން މަސައްކަތްކުރެއެވެ.

މިގޮތަށް ގަވައިދާ ޚިލާފަށް އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ޤައުމަށް ފޮނުވަމުންނެވެ.

ރާއްޖެ އެތެރެވާ މީހުންގެ މަޢުލޫމާތު ރައްކާކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ދެނެގަތުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމުވެސް ވަނީ ވަރުގަދަކޮށްފައެވެ.