ޚަބަރު

މެމްބަރ ޚަލީލުގެ ކާމިޔާބީއަށް ރަށުން ހޫނު މަރުހަބާއެއް


ފ ނިލަންދޫ
ދާއިރާގެ މެމްބަރު ޑޮކްޓަރ އަބުދުﷲ ޚަލީލް، ޕީއެޗްޑީ ނިންމަވާލެއްވުމަށްފަހު ރަށަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރުން ހޫނު މަރުޙަބާ އެއް ދަންނަވައިފިއެވެ.



ޚަލީލް ވަނީ
ދާއިރާގެ މެމްބަރުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާ
ކުރައްވާފައެވެ.





ޕަބްލިކް ޕޮލިސީންގެ ދާއިރާއިން ޚަލީލް
ޕީއެޗްޑީ ހައްދަވާ އެކަމުގެ ސަނަދު ހޯއްދަވާފައިވަނީ ، ބުރޫނާއީ ދާރުއްސަލާމް
ޔުނިވަރސިޓީއިން، މިމަހުގެ ކުރީކޮޅު އެވެ.



ޚަލީލަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ހަމައެކަނި ޕީއެޗްޑީ ހައްދަވާފައިވާ މެމްބަރެވެ.