ޓީޗިން ދާއިރާގައި ކުރިމަތިވާ އައު ގޮންޖެހުންތަކާއެކުވެސް މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ދަރިންނާއި ޤައުމުގެ މުސްތަޤުބަލު ބައްޓަންކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އެންމެންގެ ޝުކުރާއި އެއްބާރުލުން ޙައްޤު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
On World Teachers’ Day, we honour the teachers who guide, inspire and shape the future of our children and our nation.
— Hussain Mohamed Latheef (@HucenSembe) October 5, 2026
Their dedication and commitment deserve our gratitude and our continued support. As the teaching profession evolves to meet new challenges, we must ensure that teachers are valued, supported and empowered to fulfil their vital role.
Standing with teachers means investing in the future of our nation.
#WorldTeachersDay
ޓީޗިންގ ދާއިރާ ކުރިއަރައިގެން އަންނައިރު އައު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންވާނެ ކަމަށެވެ. އަދި މުދައްރިސުން ބާރުވެރި ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މުދައްރިސުންނަށް އެއްބާރުލުން ދިނުމަކީ، ޤައުމުގެ މުސްތަޤުބަލަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގައި ނައިބުރައީސް ވަނީ ސިފަކުރައްވާފައެވެ.