ވިޔަފާރި

ހުޅުމާލޭގައި ބޮންޑަޑް ވެއަރހައުސްއެއް ޤާއިމް ކުރަނީ


ހުޅުމާލޭގައި
ވަރަށް ފުރިހަމަ ބޮންޑަޑް ވެއަރހައުސެއް ޤައިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް
މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ހާމަކޮށްފިއެވެ.



ނޫސްވެރިންގެ
ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އިލެކްޓްރިކަލް
ޑިޕާޓްމަންޓްގެ އިންޗަރޗް އަހުމަދް އިނާން ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރުމަށް
ހަމަޖެހިފައިވަނީ 4 ބުރީގެ ވެއަރހައުސެއް ކަމަށާއި އަންނަ އަހަރު
ނިމެންވާއިރަށް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާ އެތަނުން ޙިދުމަތް ދެވެން
ފެށޭނެ ކަމަށެވެ.



އެގޮތުން މި ބޮންޑަޑް ވެއަރހައުސް އިމާރަތްކުރުމަށް ބޭނުންވާ ބިންވެސް ހަމަޖެހިފައިވާ ކަމަށާއި، އެތަން ޤާއިމްކުރެވިގެން ދިޔުމުން އިތުރު ފަރާތްތަކަށް ބޮންޑަޑް ވެއަރހައުސްއިން
ޖާގަ ދެވިގެންދާނެ ކަމަށް އިނާން ވިދާޅުވިއެވެ.



މީގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓްގެ ތަރައްޤީގެ މަޝްރޫއަށްޓަކައި ހުޅުލޭގައި
ދެމުން އަންނަ ބޮންޑަޑް ވެއަރހައުސްގެ ޙިދުމަތް ވަގުތީގޮތުން ހުޅުމާލޭގެ
އެމްޕީއެލް ޓާރމިނަލް އަށް ބަދަލްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތްވެސް ކުރިއަށް
އޮތް މަސްތެރޭ ފެށިގެންދާނެ ކަމަށް އިނާން ވިދާޅުވިއެވެ.