ކުޅިވަރު

ޓީމުގެ ފަހަތުން ހަދާ ގޯސްތައް ރަނގަޅުކުރަން ޖެހޭ: މޮރީނިއޯ


ޓޮޓްނަމްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ހަދާ ގޯސްތައް ރަނގަޅުކުރަންޖެހޭ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުއެފާ ޔުރޮޕާ ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ލާސްކް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ހާއްސަކޮށް ސެޓްޕީސްތަކުގައި އޭނާގެ ޓީމުން އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ. ލީގުގައި އެންމެފަހުން ކުޅުނު ވެސްޓް ހޭމް މެޗުގެ ފަހު 8 މިނެޓުގެ ތެރޭގައި 3 ލަނޑު ޖަހައި ވެސްޓް ހޭމުން އެއްވަރުކުރުމުން މޮރީނިއޯ ބުނީ ކޮންމެ މެޗަކީ އެއްގޮތަކަށް ކަންތައްތައް ވެގެންދާނެ މެޗެއް ނޫންކަމަށެވެ.

މިހާތަނަށް ޓޮޓްނަމް ކޮޅަށް ލަނޑު ވެދަފަހުރީ ސެޓްޕީސްތަކުން ކަމަށާއި ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިން އެކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށް މޮރީނިއޯ ބުންޏެވެ.