ޚަބަރު

އައްޑޫސިޓީގައި ހިނގި މާރާމާރީއެއްގައި އެކަކަށް ސީރިއަސް ޒަޚަމްތަކެއް


އައްޑޫސިޓީގައި ހިނގި މާރާމާރީއެއްގައި އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި، ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫގައި 2 ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ މައްސަލައެއް ރޭ ދަންވަރު 12:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

އައްޑޫގެ އިތުރުން މާލޭގައިވެސް ރޭ ތޫނު އެއްޗަކުން ލިބުނު ޒަޚަމަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމަށް އޭޑީކޭއިން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ރޭ 22.51ހާއިރު ފުލުހުންނަށް ލިބުނު މިރިޕޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.