ޚަބަރު

ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ


ނޮޅިވަރަމުގެ ކަނޑޫފަލުގައި ހެދިފައިވާ ކަނޑޫ އާއިލާގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން، އެތަނުގެ ފެހިކަން ގެއްލެމުން ދާތީ، އެތަން އިތުރަށް ފެހިކޮށް ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކުރުމުގެ ގޮތުން، އެ ބާވަތްތަކުގެ ގަސް މުޑުވަށްކޮށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ވަނީ އެ ރަށުން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވާ، ބޮނޑަވަކި ގަހުގެ 200 އަށްވުރެ ގިނަ ގަސް އިންދާފައެވެ. މި ގަސްތައް އިންދާފައި ވަނީ އެރަށުގެ ކަނޑޫފަލާއި ޗަކަބިންތައް ހިމެނޭ ސަރަހައްދުތަކުގައެވެ.

ނޮޅިވަރަމުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ އެރަށުގެ ކަނޑޫފާ މަރުވަމުން ދިޔުމަށް ހައްލު ހޯދުމުގެ އިތުރުން، ނެތެމުންދާ ބާވަތުގެ ގަސްތައް އިންދައި އާލާކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތްތަނުގައި ކަނޑުލުގެ އެކި ބާވަތްތަކާއި، ފުނަފަދަ ގަސްތައް މުޑުވަށްކޮށް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަކަށް އައިސް އުތުރުގެ ތިން އަތޮޅަށް ނިސްބަތްވާ ގިނަ ރަށްތަކެއްގެ ކަނޑޫފާތައް ދަނީ މަރުވަމުންނެވެ. މިގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫ، ހދ.ނޮޅިވަރަމް، ހދ. ވައިކަރަދޫގެ އިތުރުން، ހއ. ކެލާގެ ކަނޑޫފާ ދަނީ މަރުވަމުންނެވެ.