ވިޔަފާރި

އެމްޕީއެލް އިން 700 އާ ވަޒީފާ 2 އަހަރު ތެރޭގައި އުފައްދައިފި


ފާއިތުވި
ދެ އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ފަރާތުން
700 އެއްހާ އާ ވަޒާފާ އުފައްދާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.



މޯލްޑިވްސް
ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި
އެކުންފުނީގެ ކޯރޕަރޭޓް ސަރވިސަސް ޑިވިޝަންގެ ހެޑް އިބްރާހިމް އަފްޒަލް ވިދާޅުވީ
ފާއިތުވީ ދެ އަހަރުދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ބޮޑެތި ޕްރޮޖެކްޓުތަކެއް
ސަރުކާރުން ހަވާލްކޮށްފައިވާ ކަމަށާއި، މި ޕްރޮޖެކްޓްތަކާއި އެކު އާ އެތައް
ވަޒީފާތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި
އައްޑޫ އާއި ޏ. ފުވައްމުލަކުގައި އެމްޕީއެލްއިން ދަތުރުފަތުރުގެ ޙިދުމަތް ދޭން
ފެށުމުން 400 އިތުރު އާ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް އެމްޕީއެލުން
މަޢުލޫމާތުދެއެވެ.



ސަރުކާރުން
އެމްޕީއެލްއަށް ހަވާލްކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލެ ދިޔަ
ނެރު ޕްރޮޖެކްޓް، މަސްވެރިންގެ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް، އަދި ހުޅުމާލޭގައި ބޮންޑެޑް ވެއަރ
ހައުސެއް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.