ޓުއަރިޒަމް

ޔޫއެންޑަބްލިޔުޓީއޯގެ ވީޑިއޯ މުބާރާތުގެ އެވޯޑެއް ރާއްޖެއަށް


ޔުނައިޓެޑް ނޭޝަންސް
ވޯލްޑް ޓްއަރިޒަމް އޮގަނައިޒޭޝަނުން ބޭއްވި ފަތުރުވެރިކަމުގެ ވީޑިއޯ މުބާރާތުގެ ދެކުނު
އޭޝިއާ ސަރަހައްދުން އެއްވަނަ ރާއްޖެ ހޯދައިފިއެވެ.





ފަތުރުވެރިކަމުގެ
ވީޑިއޯ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތައް އިއުލާނުކޮށްފައި ވަނީ މިމަހުގެ ބާރައިން
އިން އިއްޔެގެ ނިޔަލަށް ކޮލަމްބިއާ ގެ މެޑްލިންގައި ކުރިއަށް ދިޔަ ޔޫ.އެން.ޑަބްލިޔު.ޓީ.އޯ.ގެ
ޖެނެރަލް އެސެމްބްލީގައެވެ.



ރާއްޖޭގެ
ފަރާތުން މި އެވޯޑާއި ޙަވާލުވެވަޑައިގަތީ ޔޫ.އެން.ޑަބްލިޔު.ޓީ.އޯ.ގެ ޖެނެރަލް
އެސެމްބްލީގައި ރާއްޖޭގެ ފަރާތުން
ބައިވެރިވަޑައިގެންނެވި ޓޫރިޒަމް މިނިސްޓްރީގެ ޕާމަންޓް ސެކެޓްރީ ޑރ.އަހްމަދު
ޞޯލިހެވެ. މި އެވޯޑް ޙަވާލުކޮށްދެއްވީ ޔޫ.އެން.ޑަބްލިޔު.ޓީ.އޯ.ގެ ސެކެޓްރީ ޖެނެރަލް
ތާލިބް ރިފާޢީ އެވެ.



ރާއްޖެއިން އެއްވަނަ
ހޯދި ތިރީސް ސިކުންތުގެ ވީޑިއޯ އަކީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް "ސަނީ ސައިޑް އޮފް ލައިފް ޓުދަ
ގްލޯބަލް އޯޑިއެންސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕްރޮމޯޝަނަލް ވީޑިއޯއެކެވެ.





މި ވީޑިއޯއިން
ދައްކުވައިދެނީ ރާއްޖޭގެ ސަގާފަތާއި ގޮނޑުދޮއްތަކާއި ރީތި މޫދެވެ.