ޚަބަރު

ހއ.ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ހއ ދިއްދޫގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓުގައި ދެމީހަކަށް އެކިވަރުގެ ހާނީއްކަވެފައި ވާއިރު އެކަކަށްވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އަދި އެކްސިޑެންޓްވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތައްވެފައެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުވި ދެމީހުން ތެރެއިން އެކަކު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަދި އަނެއް މީހާއަށް އެޑްމިޓު ކޮށްގެން ފަރުވާދެމުން އަންނަކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ދިއްދޫގެ ރަށްދެބައި މަގާއި ސާރިއުލްއަމީނު މަގާއި ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރި ވީ ސާރިއުލްއަމީނުމަގުން ދެކުނުން އުތުރަށް ދުއްވާފައި އައި ސައިކަލަކާއި، ރައްދެބައި މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.