ޚަބަރު

ފެރީ ފުން ކުރުމުގެ މަސައްކަތް މިނިސްޓަރ ބައްލަވާލައްވައިފި


ގިނަ ޢަދަދެއްގެ
ފަސެންޖަރުންނާއިއެކު މާލެއިން ފުރައިގެން ދަތުރު ކުރަނިކޮށް އަޑިއަށް ދިޔަ
"ސަން މާމިގިލި"  ދޯނި ސެލްވޭޖް ކުރުމުގެ އޮޕަރޭޝަން މަސައްކަތް ކުރިއަށްދާގޮތް
ބައްލަވާ ލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ
ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލު އެސަރަހަށްދަށް ޒިޔާރަތްކުރައްވައިފިއެވެ.



މިދިޔަ
އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކ. އަތޮޅު ވާގަލި ކައިރިން އަޑިޔަށްދިޔަ  " ސަން މާމިގިލި"  ދޯނި ނެގުމުގެ އޮޕަރޭޝަންގައި ޙަރަކާތްތެރިވާ "
ކޯސްޓް ގާރޑް ޝަހީދުޢަލީ" އަށް މިއަދު މެންދުރުފަހު ޑިފެންސް މިނިސްޓަރ
ވަޑައިގެން މި މަސައްކަތް ހިނގަމުންދާގޮތާއި މިހާރުގޮސްފައިވާ ހިސާބު ޑައިވަރުންގެ
ޓީމުގެ ފަރާތުން އޮޅުންފިލުއްވާފައިވެއެވެ.  



މިދޯނި
ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ދޯނީގެ ވެރިފަރާތުން ގެނައި
ޑައިވަރުންނާއި ކޯސްޓްގާރޑުގެ ޑައިވަރުން ގުޅިގެން  ދޯނި ނެގުމަށްޓަކާ މިހާރު ދަނީ މަސައްކަތް
ކުރަމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ޑިފެންސް މިނިސްޓަރ ކުރެއްވި
މިދަތުރުފުޅުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރުއާއި
ކޯސްޓް ގާރޑް ގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހިމް ބައިވެރިވެ ވަޑައިގެންފައިވެއެވެ.