ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 2:20ގައި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވި 35 ވަނަ މީހާއެވެ.
މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 28 ދިވެހިންނާއި 7 ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި 6 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 10،859އަށް އަރާފައިވާއިރު މިހާރުވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންޑާ 1135 މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 9683 މީހުންނެވެ.