ޚަބަރު

ކޯވިޑް-19 : ފުލުހަކު ޕޮޒިޓިވްވެގެން މޮނިޓަރިންއަށްލީ 6 ރަށް އެ ޙާލަތުން ނަގައިފި


ފުލުހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ އުތުރުން މޮނިޓަރިންގގެ ޙާލަތަށް ގެންދިޔަ 6 ރަށުގެ މޮނިޓަރިންގެ ޙާލަތު އެޗްޕީއޭއިން އުވާލައިފިއެވެ. މޮނިޓަރިންއަށް ލާފައިވަނީ ހއ.ދިއްދުއާއި ހއ.ހޯރަފުއްޓާއި ހއ.ބާރަށާއި ހދ.ކުޅުދުއްފުއްޓާއި ހދ.ކުރިނބީއާއި ށ.ފުނަދުއެވެ.

މި 6 ރަށް މޮނިޓަރިންއަށް ލާފައިވަނީ ކުޅުފުއްފުށީގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާގެ މަސައްކަތްތަކުގައި މިރަށްރަށަށް ދަތުރުކޮށްފައިވާތީއެވެ. އެޗްޕީއޭއިން ވިދާޅުވީ ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ އެހެން ކޭސްއަކާ ގުޅުމެއް ނެތް މީހެއްކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވީ މިރަށްތަށް މޮނިޓަރިގެ ޙާލަތަށް ގެންދިޔައީ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްތައް ކުރުމަށްކަމަށެވެ. މޮނިޓަރިންގެ ޙާލަތު މިހާރު އުވާލާފައިވަނީ މަސައްކަތްތައް ނިމިފައިވާތީކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މޮނިޓަރިންގެ އުވާލުމާއިއެކު، އެ ޙާލަތާއި ގުޅިގެން އަޅާގައިވާ ފިޔަވަޅުތައްވަނީ ނިމުމަކަށް އައިސްފައެވެ. އެހެންކަމުން މިހާރު މި ރަށްތަކުން އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެއެވެ.