ޚަބަރު

43 މީހުންނާއެކު ނެރުމައްޗަށް އެރި ލޯންޗް ފުންކޮށްފި


ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގެ އެތެރެފަރާތު ނެރުމައްޗަށް މިރޭ އެރި ލޯންޗު ފުންކޮށްފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ މިރޭ ހަތްގަޑި ފަނަރަހާއިރު ހިނގި މިހާދިސާއާ ގުޅިގެން ކޯސްޓްގާޑް ޑައިވަރުންގެ ޓީމަކާއި އެކު އެސަރަހައްދަށް ގޮސް ނެރުމައްޗަށް އުރިފައިވާ ލޯންޗު މިހާރު ފުންކޮށްފައިވާ ކަމަށެވެ. އަދި ލޯންޗުގައި ތިބި ސާޅީން ތިން މީހުނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އަދުނާން ވިދާޅުވިއެވެ. އަދި މި ލޯންޗް އިން ދަތުރުކުރި އެންމެންވެސް މިހާރުވަނީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގެ އިތުރުން ހުޅުލެއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރިއެވެ.