ޚަބަރު

ދޯންޏެއް ބަންޑުން ޖަހާލައިފި


5 މީހުންނާ އެކޮށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ބ.އަތޮޅު އަނަންތާރާ ކިހަވަތް ވިލާސް
ރިސޯޓް ކައިރި އަށް ބަންޑުން ޖަހާލައިފިއެވެ. ފުލުހުން
ބުނީ މި ދޯނިން ދަތުރުކުރަމުން ދިޔަ 5 މީހުން ވެސް މިހާރު ބ.ކުޑަ ރިކިލިއަށް
ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.



ފުލުހުން
ބުނީ ބަންޑުން ޖަހާލި ދޯންޏަކީ ވެލި އުފުލާ ދޯންޏެއް ކަމަށާއި މި ޙާދިސާ ހިނގި
ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:21ގައި ކަމަށެވެ.



މި
ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ
ކުރަމުންނެވެ. މިއަދަކީ ބ.އަތޮޅަށް މޫސުން ގޯސް ދުވަހެއްކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން
ވައި ގަދަ ވުމުގެ ސަބަބުން މިއަދަކީ ބ.އަތޮޅަށް ކަނޑު ގަދަ ދުވަހެކެއްކަމަށް މޫސުމާބެހޭ އިދާރާއިންބުނެއެވެ.