ޚަބަރު

ހޯރަފުށީ އެއާޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތަށް ފާލަމެއް ހަދަން ނިންމައިފި


ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން އަރައި ފޭބޭނެ ހެދުމަށް ގޮތް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާރޕޯޓަށް އަރައިފޭބޭނެ ގޮތެއް އަތޮޅުގެ އެހެން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ވަކިން ފާލަމެއް އެޅުމާއިމެދު ސަރުކަރުގެ ވިސްނުން ހުރިގޮތެއް އޮޅުން ފިލުވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތަށް ރައީސަށް ހިއްސާކުރައްވައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލް ރައީސް ވިދާޅުވީ ކައުންސިލްތަކުން ވަކިން ފާލަމެއް އެޅުމަށް އެދުނީ މިހާރު އޮތްގޮތުން ދަތުރުގެ ޚަރަދުތައް ބޮޑުވެ ކުރަންޖެހޭ ދަތުރުވެސް ދިގުވާތީކަމަށެވެ. ނަމަވެސް ވަކިން ފާލަމެއް އަޅައި އެއރޕޯޓަށް އަރައިފޭބޭނެ ގޮތަކަށް ހެދުމުން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ސަރުކާރެއްކަމަށެވެ. އަތޮޅުގެ ގިނަ ރަށްތަކުން ހޯރަފުށީގައި އަޅާ އެއާރޕޯޓަށް އަރައިފޭބޭނެ ގޮތެއް ހަމަޖެއްސުމަށް އެދުމުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ކުރިންވެސް އޮތްކަމަށެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

އެތެރެވަރި މީހާ

ހޯރަފުށީގަ އެއަރޕޯރޓެއް އަޅައިގެން ހއ. ގެ މެޖޯރިޓީ ރައްރިޔިތުންނަށް މާބޮޑު ފަސޭހައެއް ނުވާނެ. ހއ. ގަ މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު ތިތަނުން ފަސޭހައެއް ވިއްޔާ ވާނީ އިހަވަންދިއްޕޮޅުގެ ރައްޔިތުން ދިރިއުޅޭ 5 ރަށް ކަމުގައިވާ ހޯރަފުށި، އިހަވަންދޫ، މޮޅަދޫ، އުލިގަމް އަދި ތުރާކުނު ރައްޔިތުންނަށް އެކަނި. ހއ. ގެ މެޖޯރިޓީ ރައްޔިތުން ދިރިއުޅޭ 09 ރަށް ކަމުގައިވާ ދިއްދޫ، ތަކަންދޫ، މާރަންދޫ، ކެލާ، ފިއްލަދޫ، ވަށަފަރު، އުތީމު، މުރައިދޫ، ބާރަށަށް ފަސޭހަވެފަ ކާރިވާނީ ހދ. ހަނިމާދޫ އެއަރޕޯރޓް، އެހެންވީމަ ހއ. ގެ ރައްޔިތުންނޭ ނުކިޔާ އިހަވަންދިއްޕޮޅޭ ކިޔާ