ކުޅިވަރު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ނިއުރޭޑިއަންޓް ޒިޔާރަތްކޮށްފި


ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި. މިއަދު ހެނދުނު ނިއުރޭޑިއަންޓްގެ ހުރިހާ ކުޅުންތެރިންނާއި އޮފީޝަލުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރިއިރު، އެ ހޮސްޕިޓަލްގައި އޮތް ކޮންމެ ބަލިމީހަކަށް އެ ކަލަބުންވަނީ ހަދިޔާއެއްވެސް ދީފައއެވެ.ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މެނޭޖަރ އަމީން ފައިސަލް ވިދާޅުވީ އެކްލަބުގެ އިޖްތިމާއީ ޒިންމާގެ ދަށުން މި ކުރި ޒިޔާރަތަކީ ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ގޮވާލާ ހާލުއަހުވާލު ބެލުން ކަމަށާއި، ހޮސްޕިޓަލްގައި ހެނދުނު ތިބި ހުރިހާ ބަލިމީހުންނާއި އެކްލަބްގެ ހުރިހާ ކުޅުންތެރިން ބައްދަލުކޮށްފައިވާނެކަމަށެވެ." ކްލަބްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި ޒިޔާރަތެއް މީ. ކުރިއަށް ހުރި ދުވަސްތަކުގައިވެސް ނިއުރޭޑިއަންޓުން މިފަދަ ކަންތައްތަކެއް ކުރާނެ." މެނޭޖަރ އަމީން ވިދާޅުވިއެވެ.ނިއުރޭޑިއަންޓުންވަނީ ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފުރަތަމަ މެޗް ބީޖީ ސްޕޯޓްސްއާއި ދެކޮޅަށް ނިކުމެ ތިނެއް އެކަކުން ކާމިޔާބުކޮށްފައެވެ.