ޚަބަރު

ހއ. އިހަވަންދޫއަށް 1 މެގަވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސްފި


ހއ. އަތޮޅަށް 1 މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް އެރަށަށް ގެންދިޔައީ އިއްޔެ ހަވީރު ގެ ވަގުތެއްގަ އެވެ.

މި ޖަނަރޭޓަރ ބެހެއްޓި ޚިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބްރާންޗުން އެރަށުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަގަޅުވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

އެ ކޯޕަރެޝަނުން އިހަވަންދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެ ކުރަމުން އެބަދައެވެ. އެރަށު ކައުންސިލް އޮފީހުން ބުނީ އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، ބޮޑު ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދަށްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދު ތަކުގައި ޓްރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތާއި، ޒަމާނީ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ޚާއްޞަ ގޮތެއްގައި އެރަށު ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކޮށް ޚިދުމަތްދޭން ތައްޔާރުވެފައިވާކަމަށްވެސް އެ އޮޮފީހުން ބުނެއެވެ.

މި ދިޔަ 2 އަހަރުތެރޭ 3 ޖަނަރޭޓަރ ސެޓް އިހަވަންދޫއަށްވަނީ ގެންގޮސްފައެވެ.