އަތޮޅުތައް

އައްޑުއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމް ފުޅާކުރަނީ


އައްޑުއާ
ފުވައަމުލަކުގެ ދަތުރު ފަތުރުގެ ޚިދުމަތްފުޅާ ކުރުމަށް ދިހަ ބަސް ގެނައުމާއި ކަނޑު
އުޅަނުފަހަރަށް އޯޑަރު ކުރުމުގެ މަރުހަލާ ފަށައިފިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން
ބުނެފިއެވެ.

މިއަދު
އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެކުންފުނީގެ ސްޓްރެޓެޖިކް އެންޑް ޕްލޭނިން ޑިވިޝަންގެ ހެޑް ރާބިހް
މުހައްމަދް ވިދާޅުވީ މިއީ ވަގުތީ ޙައްލެއް ހޯދައިދެންޖެހޭ ވަރަށްވުރެ ބޮޑު
މަޝްރޫއެއްކަމަށްވާތީ އެޚިދުމަތް ފެންވަރު ރަނގަޅުކޮށް ދިނުމަށް ނިންމާފައިވާކަމުގައެވެ.
މިގޮތުން އައްޑުއާ ފުވައްމުލަކާ ދެމެދު ކަނޑު އުޅަނދުގެ ޚިދުމަތް ފެށުމާއި ފޭދުއާއި
ހުޅުމީދުއާ ދެމެދުގެ ފެރީ ޚިދުމަތް ދިނުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އައްޑުއާއި ފުވައްމުލަކުގައި  40،000 މީހުންގެ
އާބަދީއަކަށް  އަމާޒްކޮށް، ކަނޑާއި
އެއްގަމު މަގުން ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް
ރާބިހް ވިދާޅުވިއެވެ.

 އައްޑުއަތޮޅުގެ
ގުޅިފައިވާ ރަށްތަކާއި ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ދޭނީ ހުޅުމާލޭއާ
ހުޅުލެއާދެމެދު މިހާރު ބޭނުން ކުރާ ވައްތަރުގެ މެޓްރޯ ބަސް ބޭނުންކޮށްގެން ކަމަށް
އެމްޕީއެލް އިން ބުނެއެވެ. އަދި 
ފުވަމުލަކާ އައްޑުއާ ދެމެދު ފެރީގެ ނިޒާމް ގާއިމް ކުރުމަށް ވިސްނާފައިވަނީ
އެމްޓީސީސީން ދަތުރު ފަތުރުގައި ބޭނުން ކުރާ ވައްތަރުގެ ބޮޑެތި ލޯނޗްފަހަރު ކަމަށާއި،
ނަމަވެސް މިޚިދުމަތް ފުރަތަމަ ފެށިގެންދާނީ ގަލްފްކްރާފްޓް ލޯންޗްގައިކަމަށް އެމްޕީއެލަ
އިން ބުނެއެވެ.