ޚަބަރު

ވިލިމާލޭގައި މޫދަށް އެރި އުޅެނިކޮށް ކުއްޖަކު ގެނބިގެން މަރުވެއްޖެ


ވިލިމާލޭގައި މޫދަށް
އެރިއުޅެނިކޮށް ތޭރަ އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ. 



ފުލުހުން ބުނީ މިހާދިސާ
ހިނގާފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންހާއިރު ވިލިމާލޭ އުތުރު ފަރާތު
ބަނދަރު ސަރަހައްދަށް އެކުއްޖާ މޫދަށް އެރި އުޅެނިކޮށްކަމަށެވެ. އަދި ގެނބުނު ކުއްޖާއަށް
ފަރުވާ ދިނުމަށް ވިލިމާލޭ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާކަމަށް
ފުލުހުން ބުނެއެވެ.



ފުލުހުން ބުނީ މިހާދިސާ
ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަކަމަށެވެ.