ޚަބަރު

26 މީހުންނާއެކު ދަތުރުކުރި އެމް.ޓީ.ސީ.ސީގެ ލޯންޗެއް ފަރަށް އަރައިފި


26 މީހުންނާއެކު ދަތުރުކުރި އެމް.ޓީ.ސީ.ސީގެ ލޯންޗެއް ފަރަށް އަރައިފިއެވެ.

މިކަމާގުޅިގެން އެމް.އެން.ޑީ.އެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާއިރު، ލޯންޗުގައި ދަތުރުކުރި އެންމެ މިހާރު ތިބީ ކޮށްދިއްޕަރުކައިރީ އޮތް ތުނޑިއަކަށް އަރާކަމަށް އެމް.އެން.ޑީ.އެފް ވިދާޅުވެފައިވެއެވެ. އަދި އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެފައިވެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފަރަށް އަރާފައިވަނީ އެމް.ޓީ.ސީ.ސީގެ "ކަޅިހި" ނަމަކަށް ކިޔާ ލޯންޗެއްކަމަށެވެ. މި ލޯންޗު ފަރަށް އަރާފައިވަނީ ކ. ކޮށްދިއްޕަރު ކައިރިންނެވެ. އަދި މި ޙާދިސާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފްއަށް ރިޕޯޓްކޮށްފައިވަނީ އިރުއޮއްސި 18:48 ހާއިރުކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ، ދަތުރުފަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.