ވިޔަފާރި

އެންމެ އަގު ބޮޑު ހަނީމޫން މަންޒިލްތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ


ވިޔަފާރިއާއި ޓެކްނޮލޮޖީގެ
ހަބަރުތައް ގެނެސްދޭ މައްޝޫރު ވެބްސައިޓެއް ކަމަށްވާ ' ބިޒްނަސް އިންސައިޑަރ' އިން
އެކުލަވާލި އެންމެ އަގު ބޮޑު ހަނީމޫން މަންޒިލްތަކުގެ ލިސްޓްގެ އެންމެ ކުރީ ގައި
ރާއްޖެ ހިމެނިއްޖެއެވެ.

މި ލިސްޓުގައި
ޖުމްލަ 7 ޤައުމު ހިމަނާފައިވާއިރު ދުނިޔޭގެ ނަން މަޝްހޫރު ހަނީމޫން މަންޒިލްތައް
މި ލަސްޓަށް އަރާފައިވެއެވެ.

އެގޮތުން ބޯރަ ބޯރާ، ފީޖީ، ބްރިޓިޝް ވަރޖިން އައިލެންޑްސް
ފަދަ މަންޒިލްތައް ހިމެނެއެވެ.



ހަނީމޫން
ދަތުރުތަކަކީ ކައިވެނީގެ ބަޖެޓްގެ ބޮޑު ބައެއް އެކަމަކަށް ހަރަދުކުރާ
ކަމަކަށްވާއިރު އެއްމެ ފުރިހަމައަށް ހަނީމޫންގެ ކަންތައްތައް ގެންދިޔުމަށް މީހުން
ޙާއްސަ އިސްކަމެއް ދޭކަން އެ ވެބްސައިޓުން ފާހަގަކުރެއެވެ.



ބިޒްނަސް އިންސައިޑަރއިން ވަނީ ރާއްޖޭގެ ގުދްރަތީ ރީތި
ކަމާއި ރިސޯޓްތަކުގެ ފަރުމާ ކުރުންތަކުގެ އިތުރުން ރިސޯޓްތަކުގެ
ރެސްޓޯރެންޓްތަކަށް ތައުރީފްކޮށްފައެވެ.