ޚަބަރު

ރ.ވަންދޫގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލައިފި


ރ.ވަންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

ވަންދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވަންދޫ ބަނދަރުގައި ހުރި ސިމެންޓް ބޭގް ވޯލް ސްޓްރަކްޗަރާއި ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ތަންތަންވަނީ ނަގާފައެވެ. އަދި ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުން ކޮށްފައެވެ. މީގެ ިއތުރުން 75 މީޓަރުގެ އެއްގަމު ތޮށްޓެއްލާ، ކުރިން ހަލާކުވެފައި ހުރި ތަންތަން ޕްރީކާސްޓް ބްލޮކްސް ބޭނުންކޮށްގެން ވަނީ ބައްދާފައެވެ.

މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގައެވެ. އަދި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.