ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ އަންނަ މަހު ބާއްވާގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. މިފެއަރ އޮންނާނީ އޮކްޓޯބަރ މަހުގެ 15 އިން 17 އަށް ނޭޝަނަލް އާރޓް ގެލެރީގައެވެ.މި ފެއަރއަކީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފުރަތަމަ ޖޮބް ފެއަރއެވެ.މި ފެއަރގައި ތަފާތު އެކި 30 ސްޓޯލް ބެހެއްޓިފައި ހުންނާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.