ޚަބަރު

ޕީނަލް ކޯޑު ޓްރެއިނަރުންނަށް ސެޓްފިކެޓްދީފި


ދިވެހިރާއްޖޭގެ ޤާނޫނުލް
އުޤޫބާތަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތައް އަހުލުވެރިކުރުމުގެ
ގޮތުން، ޕީނަލް ކޯޑު ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުވެފައިވާ ފަރާތްތަކަށް ސެޓްފިކެޓްދީފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ
ނައިބު މުހައްމަދު އަނިލް ވިދާޅުވީ، އާ ޤާނޫނުލް އުގޫބާތުން ރާއްޖޭގެ ޖިނާއީ
އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނުވަމުންދާކަމަށެވެ.

އެގޮތުން ޤާނޫނު ތަންފީޒުކުރާ
ހުރިހާ ފަރާތްތަކެއްވެސް އާ ޤާނޫނުލް އުގޫބާތަށް ތައްޔާރުވެފައިވާކަން
ފާހަގަކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ، މިފަދަ ބޮޑު ޤާނޫނަކަށް އަމަލްކުރަން
ފަށާފައިވާއިރު ބައެއް ތަކްލީފްތައް ހުރިކަމަށާއި، އެކަމަށްވެސް އެހުރިހާ
ފަރާތްތައް ތައްޔާރުކަމަށެވެ. 

ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި، އާގާނޫނުލް އުގޫބާތު ވުޖޫދަަށް ގެނައުމަށް ޓަކައި 10
އަހަރު ހޭދަވިކަންވެސް ފާހަގަކުރެއްވިއެވެ.