ކުޅިވަރު

ބ.އޭދަފުށި ވެލާ ސްޕޯޓްސް ކްލަބުން އެރަށުގައި ފުޓްސަލް މުބާރާތެއް ފަށައިފި


ބ.އޭދަފުށީގެ ވެލާ ސްޕޯޓްސް ކްލަބުގެ ފަރާތުން އެރަށުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ވާދަކުރީ ވެސްޓް ވިންގްސްގެ ހުސް ސޮނގުންނާ، ވެލާ ސިޓީއެވެ. މިމެޗް 4-1 އިން ކާމިޔާބުކުރީ ވެލާ ސިޓީއެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ދެވަނަ މެޗްގައި ފްރެންޑްސް އާއި ބަދަލުކޮށް ކައްކަނީ މެޗް ކާމިޔާބުކުރީ، 7-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ، ވެލާ ސިޓީ، ހުސް ސޮނގުން އަދި ހުސް ސޮނގުން ލެޖެންޑްސްއެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކައްކަކީ، ފްރެންޑްސް އަދި މޮންސްޓާސްއެވެ. އަދި ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ އެފްސީ ސަޑަންލީ، އިރުމަތި ލަވާރސް އަދި ވީ ވެލާއެވެ.

ބ.އޭދަފުށްޓަކީ މީގެ ކުރިން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތައް ފޯރިއާއެކު ބާއްވަމުން އަންނަ ރަށެކެވެ. އަދި މީ ކޯވިޑް-19 އާ ގުޅިގެން މުބާރާތްތައް ބޭއްވުން މެދު ކަނޑާލާފައި އޮތުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ.