އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިޚާބް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްރެރިވާ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ މި އިންތިޚާބުގެ އެންމެބޮޑު މަސައްކަތަކީ އަތޮޅު ތެރޭގައާއި މުޅި ރާއްޖޭގައި ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ފުޅާކޮށް ހިންގުންކަމަށެވެ.
އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބީ ކޮމިޓީގެ މެމްބަރު ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށެވެ. އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް ރަޝީދު ވިދާޅުވިއެވެ.
އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ރަޝީދު ވިދާޅުވީ 16 އޮކްޓޫބަރުގައި ބާއްވާ އިންތިޚާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް ބާއްވާ އިންތިޚާބްކަމަށެވެ. އަދި އެއަށްފަހު ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ސްލޮޓެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބާއި ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތު އެޕަޓީން މިއަދު އާންމުކުރާނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ބުނެފައެވެ.