އަތޮޅުތައް

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


18 އަހަރުން ދަށުގެ 3 އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ އޮގަސްޓް 25 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިންމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނެނީ ތ އަތޮޅާއި ލ. އަތޮޅެވެ.