ޚަބަރު

ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް، ޙުސައިން ރަފީޢު ހަމަޖައްސައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް، ޙުސައިން ރަފީޢު ހަމަޖައްސައިފިއެވެ.

ޙުސައިން ރަފީޢު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަގުތީގޮތުން ހިންގުމާއި ޙަވާލުވެހުންނެވި ޑރ.މަރްޔަމް ޝަހްނީޒާ ނަޞީރެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙަށް އިތުރު ކުރެވުނު 21-1 ވަނަ މާއްދާގެ (ރ)ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާޢިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ކޯޓުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި، ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރެއް ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.