ޚަބަރު

މީރާގެ ބޯޑަށް އައްްޔަނުކުރުމަށް ހަތަރުބޭފުޅަކަށް މަޖިލީހުން ރުހުންދީފި


ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މުމްތާޒާއި، ލީނާ، އަޝާ އަދި ހުޝާމް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 8 ނަންފުޅުގެ ތެރެއިން ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކޮށްފައިވަނީ 5 ނަމެކެވެ. ކޮމިޓީން ރުހުން ދިން 5 ނަމުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 4 ބޭފުޅެއްގެ ނަމެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބޭފުޅުންނަކީ:
މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ (65 ވޯޓް)
ލީނާ މުޙައްމަދު ޒާހިރު ޙުސައިން، / ހ.ނީލްވިލާ (65 ވޯޓް)
ހުޝާމް ވަޙީދު، / ގ. މާލެހިޔާ 2 03-15 (66 ވޯޓް)
ޢަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ (53 ވޯޓް)
ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސޓްވާރޑް(66 ވޯޓް)

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަނުކުރުމަށް މަޖިލީހަށް ފޮނުވާފައި ވަނީ އެބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހަށް ހަމަވުމާއި، އެހެން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މީރާގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ފަސީހު ޒާހިރެވެ.

މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.