ކެޕްޓަން ލިޔޮނަލް މެސީ ޓީމު ދޫކޮށްދާން ދޫކޮށްލުމަކީ ބާސެލޯނާ އަށް އެއްވެސް ކަމެއް ރަނގަޅު ކުރެވޭނެ ކަމެއްނޫން ކަމަށް އެ ޓީމުގެ ކުރީގެ ފޯވަޑް ބްރެޒިލްގެ ރޮނާލްޑޯ ބުނެފިއެވެ.
ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ އަކީ މިވަގުތު ސްޕޭނުގެ ރެއާލް ވަޔަޑޮލިޑްގެ ރައީސެވެ. ރޮނާލްޑޯ ބުނީ އޭނާ ބާސެލޯނާގައި ހުރިނަމަ މެސީ ކުލަބު ދޫކޮށްދާން ދޫކޮށްނުލާނެ ކަމަށެވެ. އަދި ބާސެލޯނާ އަށް މިހާރު ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމަށް ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު ކުޅުންތެރިއަކީ މެސީ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ބާސެލޯނާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒަކީ ދުނިޔޭގައި މިވަގުތުތިބި އެންމެ މޮޅު ތިން ފޯވާޑުންގެ ތެރެއިން އެކަކު ކަމަށާއި ކުޅުންތެރިން ދޫކޮށްލަންވާނީ ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި ކަމަށެވެ.
ރޮނާލްޑޯ ބުނީ ބާސެލޯނާގެ އާ ކޯޗަކީ ކަންކަން ހައްލުކުރެވޭވަރުގެ ކޯޗެއް ކަމަށާއި ނަމަވެސް އެކަމަށް މެނޭޖްމަންޓްގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.