ކުޅިވަރު

ކީޕަރު ޖޯ ހާޓް ޓޮޓެންހަމަށް


ތަޖުރިބާކާރު ކީޕަރު ކްލައުޑިއޯ ބްރާވޯ މެންޗެސްޓާ ސިޓީ ދޫކޮށްލައި، ކީޕަރު ޖޯ ހާޓް ޓޮޓެންހަމަށް ބަދަލުވެއްޖެއެވެ.

ބާސެލޯނާ އާއި ޗިލީގެ ކުރީގެ ގައުމީ ކީޕަރު ބްރާވޯ ސިޓީ ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ސިޓީން ކުރިއަށް އޮތް ސީޒަނަށް ބޭނުންވަނީ އެއްވަނަ ކީޕަރު އެޑަސަންއާއެކު ޒުވާން ކީޕަރަކު ބޭނުންކުރުމަށެވެ.

ބާންލޭ އަށް ކުޅުނު އިނގިރޭސި ކުރީގެ ގައުމީ ކީޕަރު ޖޯހާޓް އަކީ ބްރާވޯ އައުމުގެ ކުރިން ސިޓީގެ އެއްވަނަ ކީޕަރެވެ. އޭނާ 2016 ވަނަ އަހަރު ޓީމު ދޫކޮށްލީ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވުމުންނެވެ. ހާޓް ޓޮޓެންހަމަށް ބަދަލުވީ އެކުލަބުގެ އެއްވަނަ ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސްގެ ބަދަލު ކީޕަރަކަށެވެ.

އަންނަ ސީޒަނަށް ސިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން މިހާރު ދަނީ ސިޓީގެ ސެނަގާލް ޑިފެންޑަރު ހާލިދޫ ކުލިބާލޭ ގެނައުމަށް މަސައްކަތްކޮށްފަ އެވެ. އެ ޓީމުން މިހާރުވަނީ ސްޕޭނުގެ ވެލެންސިއާގެ ވިންގަ ފެރަން ޓޮރޭޒް އާއި ބޯނެމައުތުގެ ޑިފެންޑަރު ނަތަން އާކް ގެނެސްފައެވެ.