ޚަބަރު

ދިރާގުގެ އިންޓަރނެޓް ޕެކޭޖް ތަކަށް ބަދަލުގެނެސްފި


ދިރާގުން ފޯރުކޮށްދޭ ފިކްސްޑް، ބްރޯޑްބޭންޑް އަދި ފައިބަރ އިންޓަރނެޓް ޕެކޭޖްތަކުގެ ސްޕީޑް އެތައް ގުނަޔަކަށް މަތިކޮށް، ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވާކަމަށް ދިރާގުން ބުނެފިއެވެ.މިއަދު ދިރާގު ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ މާކެޓިންގ އަހުމަދު މައުމޫން ވިދާޅުވީ ދިރާގުން މިހާރު ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކާއި، ފައިބަރ ޕެކޭޖްތަކުގެ ސްޕީޑް މިއަދުން ފެށިގެން އެންމެ ކުޑަވެގެން 2 އެމް.ބީ.ޕީ.އެސް އަށް މަތިކޮށްފައިވާކަމަށެވެ. ޕެކޭތްތަކުގެ ސްޕީޑާއި ގިނަ ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް މަތިވެގެން ދިޔައިރު އެއްވެސް ޕެކޭޖެއްޖެ އަގު ބޮޑު ކޮށްފައި ނުވާނެކަމަށާއި، ޕެކޭޖްތަކުގެ އަގު އެތައް ގުނަޔަކުން ހެޔޮކޮށްފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.މިބަދަލަކީ ދިރާގުގެ ކަސްޓަމަރުންނަށް ހެޔޮބަދަލަކަށް ވެގެންދާނެކަމަށް އަހުމަދު މައުމޫން ވިދާޅުވިއެވެ. މިހާރު މި ޚިދުމަތް ބޭނުން ކުރަމުންދާ ފަރާތްތަކަށްވެސް މިބަދަލާއެކު ހެޔޮ ބަދަލެއް ފެނިގެންދާކަމަށް ދިރާގުން ބުނެއެވެ. ދިރާގުން މިހާރު ދަނީ 100 އެމްބީޕީއެސްގެ ސްޕީޑާ ހަމައަށް ބްރޯޑްބޭންޑް ފިކްސްޑް ލައިން އިންޓަރނެޓް ފޯރުކޮށްދެމުންނެވެ. އެގޮތުން ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް 15 ޖީބީން ފެށިގެން 350 ޖީބީއާ ހަމައަށް ލިބެން ހުރެއެވެ.