ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް 41 މީހަކު ކުރިމަތިލައިފި


ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތުގައި 41 މީހަކު ކުރިމަތިލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ މި 41 މީހުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރެއްގެ މަޤާމު ހުސްވެފައިވަނީ 4 މެމްބަރުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވަނިކޮށް 3 މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައި، އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓްނަގައި ފާސްކޮށްފައިވާތީއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލީ ފަރާތްތައް

1- އަޙްމަދު މަންސޫރު / ވ. ރިވެތި، ކ.މާލެ
2- އަޙްމަދު ޞަޢީދު / ތިބްރޯޒްގެ، ގދ.މަޑަވެލި
3- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
4- އަބްދުލްބާރީ އަބްދުﷲ / ހ. މެލަން، ކ.މާލެ
5- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
6- ޢާއިޝަތު ޙުސައިން މަނިކު / ހ.ރީނދޫކޮކާގެ، ކ. މާލެ
7- ރިފާޔާ އަބްދުﷲ / ޤުލްބަކާގެ، އއ. ތޮއްޑޫ
8- ހާރިސް މުޙައްމަދު / ދަފްތަރު ނަންބަރު 4289
9- އިބްރާހިމް ޝަރީފް / ބްލެކް، ރ.މީދު
10- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
11- ޒުބައިރު އަޙްމަދު މަނިކު / ގ. މަލްވިން
12- އަބްދުލްބާރީ ޙުސައިން / ފަސާން، ރ. ހުޅުދުއްފާރު
13- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
14- ޑރ. އަޙްމަދު އަދީލް ނަސީރު / ފުއްޓަރުގެ، ސ.ހިތަދޫ
15- އިބްރާހިމް މޫސާ / ހެޕީރޯޒް، ސ. މަރަދޫފޭދޫ
16- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
17- ޢިމްރާނާ ބިންތު ޢަބްދުﷲ / މ. ކަރޭޖް
18- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
19- އިބްރާހިމް ޙަމީދު / ހ. ނަސްރީނުގެ
20- ޖެނީނާ ނަސީމް / ހުޅެހި، ސ.މީދު
21- މުޙައްމަދު ނަޞީރު / މ.ފުންފިނި
22- މުޙައްމަދު މަޢުރޫފް / ގ. ފޭދޫކޮށީގެ
23- އަޒްލީމާ ޢާދަމް / ދަފްތަރު ނަންބަރު: 341/94
24- މުޙައްމަދު ފަރުޙާދު / ޙަސަންކާރީގެ، ސ. މީދު
25- ޢަލީ މުޙައްމަދު މަނިކު / ދަފްތަރު ނަންބަރު: 1851
26- ޢާއިޝަތު ޝަޒްލީނާ / ވ. ސާރާވިލާ
27- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
28- މުޙައްމަދު ރިޒާ / ހ. އުމަރުފަރު
29- އަޙްމަދު މޫސާ / ހ. އަމްސާވިލާ
30- ޢައިޝަތު އަޙްލާމް / މއ. ތުނބުރި
31- ރަންދާ ފުޢާދް / ވ. ފަހިދޫ
32- ރިފާހަތު ފަރުޙަތު / ގ. ވެގާ2
33- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
34- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
35- އަޒްމަތް / ދަފްތަރު ނަންބަރު ރސ. 9953
36- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
37- ފާތިމަތު އިފާޝާ / ގ. ވެނީޒިއާ
38- އާމިނަތު ޔަޝްފާ / މއ. ނިރިލް
39- މުޙައްމަދު ފާއިޒް / މއ. ހަވާނާ
40- މަރިޔަމް ޝެނީން / މއ. ފޮސީތިއާ
41- އަޙްމަދު ނަޝީދު ޙުސައިން / ދަފްތަރު ނަންބަރު: ރސ 1890

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.