ޚަބަރު

މައިންބަފައިންނާއިމެދު ފަރުވާކުޑަކުރާ މީހުންނަކީ އަބާއްޖަވެރިން - ޚުޠުބާ


މައިންބަފައިންނާއިމެދު ފަރުވާކުޑަކުރާ މީހުންނަކީ އަބާއްޖަވެރިންގެ ތެރޭގައި ހިމެނޭ ބައެއްކަމުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުތު ޚުޠުބާ ޚާއްސަކޮށްފައިވަނީ މައިންނަށް އިޙްސާންތެރިވެ ހެޔޮކޮށް ހިތުމުގެމައްޗަށެވެ.

މިއަދުގެ ޚުކުރު ޚުތުބާގައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އެމީހުންނާއި މެދު ޢަމަލުތައް ބަހައްޓަންވީގޮތާއި، އަދި މަރުވެދިއުމަށްފަހުގައިވެސް މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ގޮވާލައްވާފައެވެ. ހުކުރު ޚުޠުބާގައި ވަނީ މާތް ﷲ މައިންބަފައިން ލައްވާފައިވަނީ އަޅުގަނޑުމެންގެ ޙަޔާތަށް ބާއްޖަވެރިކަމެއްގެ ގޮތުގައިކަމަށެވެ. އަދި މައިންބަފައިންގެ ޙައްޤު ނުޙަނު މަތިވެރިކަމަށާއި، އެދެމީހުންގެ ހެޔޮކަމުގެ ބަދަލު ނުދެވޭނެކަމަށްވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

މައިންވަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ޙުލްގުފުޅުކަމަށާއި، އެ ރިވެތި އާދައަކީ މުސީބާތްތަކުން ސަލާމަތްވެ، ބަރަކާތް ޙާސިލްކޮށްދޭ، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އެކަމުގެ ސަބަބުން ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ހުކުރު ޚުތުބާފައިވަނީ މައިންބަފައިންނާއި ގުޅޭގޮތުން އައިސްފައިވާ ވަހީ ބަސްފުޅުތަކާއި ރަސޫލާގެ ހަދީސްފުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މާބަނޑު ދުވަސްވަރު މަންމަ އުފުލި ވޭނާއި ގާތުންދިނުމުގެ ބުރައާއި ދަރިން ބަލައި ބޮޑުކުރުމަށް ވަމުންދާ ޤުރުބާނީއަށް ޝުކުރުވެރިވުމުގެ މުހިންމުކަންވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މައިންބަފައިންނަށް ހެޔޮކޮށްހިތާމީހުން ބާއްޖަވެރިކުރައްވާނެކަމަށާއި، އެމީހުންނަށް އިޙުސާންތެރިވުމަކީ ދީލަތިކަމާއި ފުރިހަމަކަމާއި މާތްކަމުގެ ދަލީލެއްކަމަށްވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އައި އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެއްކަަމަށްވެސް ޚުކުރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މައިންފައިންނަށް ހެޔޮކޮށްހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރިކަމެއްކަމަށް ހަދީޡްތަކުން ރިވާވެގެން އައިސްފައިވާކަން ފާހަގަކުރައްވައި އެއީ މާތް ﷲގެ ހަޟްރަތުގައި ދެވަނައަށް އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުކަން ހަދީސް ބަސްފުޅުތަކުން އެނގޭކަމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މުސްކުޅި ޙާލުގައި މައިންފައިންނަށް ހެޔޮކޮށް ނުހިތި މީހުން ސުވަރުގެ ނުވައްދަވާނެ މީހުންގެ ތެރޭގައި ހިމެނޭކަން ފާހަގަކުރައްވާ، މައިންބަފައިންނަށް އަޅާލާ އޯގާތެރިވުމަށާއި، މައިންބަފައިންނަށް އުއްފުވެސް ނުބުނުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. އަދި މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދީ އެ ދެ މީހުންގެ މަތިން ސަދަޤާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާއި ގުޅުންބަދަހިކޮށް ރަޙިމުގެ ގުޅުން ދަމަހައްޓައި އެދެމީހުންގެ ގާތް ރަޙްމަތްތެރިނަށް ހެޔޮކޮށް ހިތުމަށްވެސް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.