ތަޢުލީމު

ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި


މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް އަމާޒުކޮށްގެން" ދޫސާން މެރިން އިންޖީންގ" ގެ ނަމުގައި މެރިންގ އިންޖީން ބެލެހެއްޓުމާ މަރާމާތު ކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހް ކޮށްފިއެވެ.މިއަދު ޕޮލިޓެކްނިކްގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން މަސައްކަތްތެރި އަދި ފަންނީ ރޮނގުން ބައިވެރިންގެ ހުނަރު އިތުރަށް ތަރައްގީވެގެންދާނެކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކޮށްގެން ނުކުންނަ ޒުވާނުންނަކީ ވަޒީފާގެ މާހައުލަށް ހޭނިފައިވާ ޒުވާނުންނަށް ވެގެންދަނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ވީ.އޭ.އެމް އެންޑް ކޯގެ މެނޭގިންގ ޑިރެކްޓަރ އަހުމަދު ޒުބައިރު ވިދާޅުވީ މި ޕްރޮގްރާމްގެ ބޭނުމަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ފެންވަރު ރަނގަޅު ޒުވާނުން މުޖުތަމައުއަށް ނެރުންކަމަށާއި މިއީ އޭގެ ފެށުންކަމަށެވެ.މި ޕްރޮގްރާމަކީ މިއަދުން ފެށިގެން 2 ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ މެރިންގ އިންޖިނިއަރިންގ ގެ ދާއިރާއިން މޯލްޑްވްސް ޕޮލިޓެކްނިކްސްގެ ދަރިވަރުންގެ މައުލޫމާތު މުއްސަދިކުރުމާއި އަމަލީ ތަޖްރިބާ އިތުރު ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށް ޕޮލިޓެކްނިކުން މައުލޫމާތުދެއެވެ.ޕޮލިޓެކްނިކުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު ޝިފާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ފަހުގެ އީޖާދުތަކާއި ވަސީލަތްތަކަށް ލޯހުޅުވިގެންދާނެކަމަށެވެ.މިއަދު ފެށި ޕްރޮގްރާމަކީ ވީއޭއެމްކޯ ޕްރައިވެޓް ލިމިޓެޑްގެ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ސައުތު ކޮރެޔާގެ ދޫސަން އިންފްރާކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގާރާމެކެވެ.