ކުޅިވަރު

ފުލަމް އިނގިރޭސި ޕްރެމިއާ ލީގަށް


ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗުގައި ބްރެންތްފޯޑް 1-2 އިން ބަލިކޮށް ފުލަމް އިނގިރޭސި ޕްރެމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެއް އެއްޓީމަކަށްވެސް ލަނޑެއް ނުޖެހެއެވެ. ފުލަމް ކޮލިފައިވީ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކުގައެވެ. އެ ޓީމުވަނީ މީގެ ކުރިންވެސް ޕްރެމިއާ ލީގުގައި ކުޅެފައެވެ. ނަމަވެސް އަލުން ޕްރެމިއާ ލީގަށް ކޮލިފައިވުމުން ކޯޗު ސްކޮޓް ޕާކާ ބުނީ ނިމިދިޔަ ސީޒަނުގައި ކުޅުނު ޓީމާމެދު އޭނާ ފަހުރުވެރިވާކަމަށެވެ.

ނަމަވެސް ސްކޮޓް ޕާކާ ބުނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އޭނާގެ ޓީމުން ހަރަދުކުރާނެ މިންވަރު އަދި ބުނަން ނޭނގޭ ކަމަށާއި ކުލަބުގެ މެނޭޖްމަންޓުން އެކަމާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ޕާކާ ބުނީ މީގެ ކުރިން ވެސް ފުލަމް ޕްރެމިއާ ލީގުގައި ކުޅެފައިވާތީވެ، އެކަމުގެ ތަޖުރިބާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.