ޚަބަރު

ކޯޓުތަކުގެ އިދާރީ އެންމެ އިސް މަޤާމަކަށް ޗީފް އެޑްމިނިސްޓްރޭޓަރ


ޝަރުޢީ ކޯޓުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމެއް އުފައްދަވައިފިއެވެ.

ޗީފް އެޑްމިނިސްޓްރޭޓަރއަކީ ޝަރުޢީ ކޯޓުތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި ހުންނަވާނެ އެންމެ އިސް މުވައްޒަފެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެންމިނިސްޓްރޭޝަނުން ވަނީ މި މަޤާމު އުފައްދަވާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނައި ދެވަނަ އިޞްލާޙުގެ ދަށުން، ކޯޓުތަކުގެ އިދާރީ މަސައްކަތަކުގެ އޮނިގަނޑަށް ބަދަލުގެނެސް، އެޤާނޫނަށް އިތުރު ކުރެވުނު މާއްދާގެ ދަށުން ކަމަށެވެ.

އެގޮތުން މިމާއްދާގައި ޝަރުޢީކޯޓުތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އިދާރީ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މި ސަބަބައްޓަކައި ކޯޓުތަކަށް ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުން ހަމަޖެއްސާނޭ ގޮތް އެކަށައަޅައި، 2019 އޮކްޓޫބަރު 20ވަނަ ދުވަހު އެ ޑިޕާޓްމަންޓުން، "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު" ޢާއްމު ކޮށްފައިވާކަމަށް ޑީޖޭއޭއިން ހާމަކުރެއްވިއެވެ.