ޚަބަރު

އެންމެފަހުން އިންޑިއާއަށް ދިޔަ ދިވެހިން ކޯވިޑް-19އަށް ނެގެޓިވް


މިމަހު 29ވަނަ ދުވަހު އާސަންދައިގެދަށުން އިންޑިއާއަށް އެންމެފަހުން ބޭސްފަރުވާއަށްދިޔަ 28 މީހުންވެސް ކޯވިޑް-19އަށް ނެގެޓިވްވެ އެމީހުންގެ ބޭސް ފަރުވާގެ ފަރުވާގެ ކަންކަން މިހާރު ފަށާފައިވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިމަމުގެ 29ވަނަ ދުވަހު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްފައިވާ މީހުންނަކީ ކޯވިޑް-19ގެ ޙާލަތުގައި އާސަންދައިން ފޮނުވި ތިންވަނަ ގްރޫޕެވެ. މިފަހަރު ފޮނުވި 28 މީހުންނާ އެމީހުންގެ އެހީތެރިން ހިމެނޭހެން ޖުމްލަ 60މީހުންވަނީ އިންޑިއާއަށް ގޮސްފައެވެ. ހުރިހާ ބަލިމީހުންވެސް ފަރުވާހޯދަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގައެވެ.

މިމީހުން ރާއްޖެއިން ފޮނުވާލުމުގެ ކުރިންވެސްވަނީ ކޯވީޑަ-19އަށް ޓެސްޓްކޮށްފައެވެ. އަދި އިންޑިއާއަށް ދިއުމުގެ ފުރުސަތު ދިނީ ނަތީޖާ ނެގެޓިވްވުމުންނެވެ.

އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއެކު، އާސަންދައިގެ ޚަރަދުގައި ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ފޮނުވަން ފަށާފައިވަނީ ޖޫންމަހުގެ 29އިން ފެށިގެނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 28 ބަލިމީހުން އަދި މިމަހުގެ 14ވަނަ ދުވަހު 2ވަނަ ބެޗުގައި 59ބަލި މީހުން ވަނީ އިންޑިއާއަށް ގޮސްފައިވެއެވެ.

މިމަހުގެ 14ގައި އިންޑިއާށް ބޭސްފަރުވާއަށް ދިޔަ 3 ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައިވާކަމަށް އާސަންދައިންވަނީ ވިދާޅުވެފައެވެ.

އައިސޮލޭޓްކުރި ކަމުގައިވިޔަސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށްފަހު، އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަކަމަށާއި، އެހެނިހެން ބަލިމީހުންނަށްވެސް އިމަރޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އެކުންފުނިން ވިދާޅުވެފައިވެއެވެ. އަދި ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތްގާތުން ބަލަމުންކަމުގައިވެސް އާސަންދައިން ވިދާޅުވެއެވެ.