ކުޅިވަރު

ބޯންމައުތުން ގޯލްލައިން ޓެކްނޮލޮޖީއާ ދެކޮޅަށް ދައުވާކުރަނީ


ރެލިގޭޓްވި ބޯންމައުތުން ގޯލްލައިން ޓެކްނޮލިޖީ ފޯރުކޮށްދޭ ކުންފުންޏާ ދެކޮޅަށް ދައުވާކުރަން މަޝްވަރާކުރަން ފަށައިފިއެވެ.

ބޯންމައުތުން ހުށަހަޅާ މައްސަލައަކީ އިނގިރޭސި ޕްރެމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި އެސްޓަން ވިލާ ކުޅުނު މެޗުގައި ޝެފީލްޑުން ޖެހި ބޯޅަ ގޯލް ރޮނގު ހުރަސްކުރި ނަމަވެސް ގޯލްލައިން ޓެކްނޮލޮޖީން އެއީ ގޯލެއް ކަމަށް ނުދެއްކުމުން ރެފްރީން އެގޮތަށް ނިންމި މައްސަލައެވެ.

މިކަން މި ގޮތަށް ހިނގުމުން ޕްރެމިއާ ލީގަށް ގޯލްލައިން ޓެކްނޮލޮޖީ ފޯރުކޮށްދޭ ހޯކްއައި ކުންފުނިން ވަނީ މައާފަށް ވެސް އެދިފައެވެ.

ނަމަވެސް ޕްރެމިއާ ލީގު ނިމުނު ފަހުން ބޯނެމައުތުން މި މައްސަލަ ނަގަން މަޝްވަރާކުރަން ފެށީ އެ ޓީމަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެން އެސްޓަންވިލާ ރެލިގޭޓްނުވެ ސަލާމަތްވުމެވެ. އެހެންނޫނަމަ އެސްޓަންވިލާ ރެލިގޭޓްވެ، ބޯނެމައުތް ސަލާމަތްވާނެއެވެ.