މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ މަތިއުތުރު ޑިވިޝަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތި ނަޝްވާ އައްޔަން ކުރައްވާފައިވާކަމަށެވެ. އަދި ނަޝްވާއަކީ ކޮމާންޑަރަކަށް އައްޔަން ކުރި ދެވަނަ އަންހެން ބޭފުޅާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މަތި އުތުރު ޑިވިޝަން ކޮމާންޑްގައި ހިމެނެނީ ހއ. ހދ އަދި ށ އަތޮޅެވެ.
އެންމެ ފުރަތަމަ ފުލުހުންގެ ޑިވިޝަން ކޮމާންޑަރއަކަށް އައްޔަން ކުރެއްވި އަންހެން ބޭފުޅަކީ އިޒްމިއާ ޒާހިރުއެވެ. އެނާ ހުންނެވީ ނރބޅ އަތޮޅުގެ ޑިވިޝަންގެ ކޮމާންޑަރަކަށެވެ.
ފުލުހުންގެ އިދާރައިގެ ފުރަންޓްލައިންގައި މަސައްކަތް ކުރާ އަންހެން ފުލުހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.